Last Updated: February 24, 22:38
Wednesday, February 24, 2021
ޚަބަރު

ޑރ. ޝިހާމް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކުރީގެ ޗެއާމަން ޑރ. އަބްދުﷲ ޝިހާމް ހަސަން ވިދާޅުވެއްޖެ އެވެ.

ޑރ.ޝިހާމް މިކަން އިއުލާންކުރެއްވީ އެ ބޭފުޅާ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެެވެ.

މީގެ ކުރިން 2018 ވަނަ އަަހަރުގެ އިންތިޚާބުގައި ވާދަަކުރައްވާނެކަން ޝިހާމް އިއުލާން ކުރެއްވިއެވެ. ނަމަވެސް ފަހުން އެފަދަ މާހައުލެއް ގާއިމް ވެފައިނެތްކަމަށް ބުނެ ވަނީ ނަން އަނބުރާ ގެންދަވާފައެވެ.

ޑރ. ޝިހާމް ވަނީ ފިގުހު އެކަޑަމީގެ މެމްބަރުކަން ހަތަރު އަހަރު ކުރައްވައި އޭގެ އިތުރަށް އިސްލާމިކް މިނިސްޓްރީގައި އަދި ގައުމީ ޔުނިވާސިޓީގައި ވެސް މަސައްކަތްޕުޅު ކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީގައި ގައުމީ ޔުނިވާސިޓީގައި މަސައްކަތްޕުޅު ކުރައްވާފައިވާ ޝިހާމް ވަނީ ފިގުހު އެކަޑަމީގެ މެމްބަރުކަން ހަތަރު އަހަރު ކުރައްވާފަ އެވެ. އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބަށް އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ގާނޫނީ ލަފާ ދެއްވެވި ޝިހާމަކީ ފަރިތަކޮށް އަރަބި ބަހުން ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ.