Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ސިޔާސީ

އަލަށް ހެދި މަގުގައި ފެންބޮޑުވެ ސަރުކާރަށް ފާޑުކިޔުން!

ފޮޓޯ:ޝަފްރާޒް / ޓްވިޓާ

އަލަށް ތަރައްގީ ކޮށްފައިވާ ކަނބާއައިސާ ރަނިހިނގުން މަގުގައި ފެންބޮޑުވެފައިވާ ފޮޓޮއަކާއި އެކު އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަން ފަށައިފި އެވެ.

އެގޮތުން މި ފޮޓޯއާއި އެކު ކުރެއްވި ޓްވީޓެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ 100 މީޓަރު ހަމަ ނުވާ ތަންކޮޅެއް ހެދުމަށް އެއް ކިލޯމީޓަރުގެ މަގެއް ހެދުމަށް ހަރަދުކުރާ ވަރަށް ފައިސާ ހަރަދު ކޮށްފައިވާ ކަމަށެވެ.

"މިޔަށް ކިޔަނީ ސޯލިހްވުންތޯ ނުވަތަ ސިފާވުންތޯ އަޅުގަނޑަކަށް ނޭނގެ." ޝިޔާމްގެ ޓްވީޓްގައިވެ އެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއީޒް މަސައްކަތްކުރެއްވި ސްޕީޑްގައި ކަންކުރަން މި ސަރުކާރަށް ނޭނގޭނެ ކަމަށެވެ.

ކުރީ ސަރުކާރުގައި ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު މާލޭގައި ހިންގި މަޝްރޫއުތަކަށް އޭރު އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މަގުތައް ހަދާފައިވަނިކޮށް ފެންބޮޑުވެ ކުރިއަށް ވުރެ ގޯސްވާތީ މުއިއްޒުއަށް އެމްޑީޕީ މީހުންގެ ފާޑުކިޔުންތައް އަބަދުވެސް އަމާޒުވެފައެވެ.