Last Updated: April 27, 06:22
Saturday, April 27, 2024
ވިޔަފާރި

ހޮރައިޒަންއިން މަސްގަންނަ އަގު ބޮޑުކޮށްފި

މަސްވެރިން މަސް ބާނަނީ، ފޮޓޯ: ޒުވާން މަސްވެރިޔާ ޕޭޖް

ހޮރައިޒަން ފިޝަރީސްއިން މަސް ގަންނަ އުސޫލަށް ބަދަލު ގެނެސް މަސް ގަންނަ އަގު ބޮޑުކޮށްފިއެވެ.

ހޮރައިޒަން ފިޝަރީޒްއިން ނެރުނު އިއްލާނެއްގައި ބުނެފައިވާ ގޮތުން އެކުންފުން ވަނީ މަސް ގަތުން ތިން ކެޓަގަރީއަކަށް ބަހާލާފައެވެ.

އެގޮތުން އައިސް އަޅައިގެން ފިނިކޮށްފައިވާ 2.5 ކިލޯއިން މަތީގެ މަހާއި ކަންނެލި ގަންނާނީ 16 ރުފިޔާއަށް ކަމަށެވެ. އައިސް ނާޅާ ގެންނަ 2.5 ކިލޯއިން މަތީގެ މަހާ ކަންނެލި ގަންނަނީ 14 ރުފިޔާއަށެވެ.

މީގެ އިތުރުން 1.5 ކިލޯއާއި 2.49 ކިލޯއާއި ދެމެދުގެ ފިނިކުރި މަހާއި ކަންނެލި 14 ރުފިޔާއަށް ގަންނައިރު އައިސް ނާޅާ ގެންނަ މަހާއި ކަންނެލި ގަންނަނީ 13 ރުފިޔާއަށެވެ.

މީގެ ކުރިން ހޮރައިޒަން އިން 1.5 ކިލޯއިން މަތީގެ މަހާއި ކަންނެލި ގަންނަމުން އައީ 14 ރުފިޔާއަށެވެ. އަދި އައިސްނާޅާ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެލި ކިލޯއެއް މީގެކުރިން ގަނެފައިވަނީ 13 ރުފިޔާއަށެވެ.