Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު

އަލްޤައިދާގެ އާ ބޭސްއަކީ އިރާން: ޕޮމްޕިއޯ

US Secretary of State Mike Pompeo speaks at the National Press Club in Washington,DC on January 12, 2021. - US Secretary of State Mike Pompeo alleged Tuesday that arch-enemy Iran has become a new "home base" for Al-Qaeda worse than Afghanistan, an assertion questioned by experts. (Photo by Andrew Harnik / POOL / AFP)

އަލްޤައިދާގެ އާ ބޭސް އަކީ އިރާން ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވިދާޅުވެއްޖެ އެވެ.

ވޮޝިންޓަންގައި ވާހަކަ ދައްކަވަމުން ޕޮމްޕިއޯ މިފަދައިން ވިދާޅުވިއިރު އޭނާގެ ވާހަކައަށް ބާރުދޭނޭ އެއްވެސް ހެއްކެއް ހާމަކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް ޕޮމްޕިއޯ ވިދާޅުވެފައިވަނީ އަލްޤައިދާގެ ލީޑަޝިޕްގައި ހިމެނޭ ޑެޕިއުޓީ ލީޑަރު އައިމަން އަލް-ޒަވަހިރީ މިވަގުތު ހުރީ އިރާންގެ ވެރިރަށް ތަހްރެއިންގައި ކަމަށެވެ.

ޕޮމްޕިއޯ ތުހުމަތު ކުރާ ގޮތުގައި އަލްޤައިދާ އާއި އިރާނާއި ދެމެދު ގުޅުން ވަރުގަދަވާން ފަށާފައިވަނީ 2015 ވަނަ އަހަރު ކުރީގެ ރައީސް އޮބާމާގެ ވެރިކަމުގަ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯގެ ވާހަކަތައް އިރާންގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދް ޒާރިފް ވަނީ ދޮގު ކުރައްވާފަ އެވެ. އަދި އެވާހަކަތަކަކީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާކޮށް ދައްކާފައިވާ ވާހަކަތަކެއް ނޫންކަމަށް ބުނެފައިވެ އެވެ.

ޓްރަމްޕްގެ ވެރިކަމަށް ބާކީ އަށް ދުވަސް އޮތްއިރު، އިރާނާއި ގުޅޭގޮތުން މި ދެއްކި ވާހަކަތަކާއި އެކު ޕޮމްޕިއޯ ވަނީ ބައިނަލްއަޤްވާމީ މުޖުތަމައުން އިރާނާއި ދެކޮޅަށް މިކަމުގައި ތެދުވުމަށްވެސް ގޮވާލާފަ އެވެ.

އަލްޤައިދާއާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ ހުއްދަ އެމެރިކާގެ ކޮންގްރެސްއިން އެޤައުމުގެ ސިފައިންނަށް ދީފައިވަނީ 2001 ވަނަ އަހަރު އެވެ. އޭގެ ދަށުން އެއްވެސް ޤައުމަކަށް ހަމަލާއެއް ދޭކަމުގައި ވާނަމަ ކޮންގްރެސްގެ ހުއްދަ ބޭނުންވާނެ އެވެ. އެމެރިކާއިން ވަނީ މި ހުއްދައިގެ ބޭނުންކޮށްގެން އަގްޣާނިސްތާނުގައި އަލްޤައިދާއާއި ދެކޮޅަށް އަނގުރާމަ ކޮށްފަ އެވެ.