Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

މިއަހަރުގެ މިހާތަނަށް 36000 ފަތުރުވެރިން އަތުވެއްޖެ

ރާއްޖެ އައި ފަތުރުވެރިންތަކެއް - ފޮޓޯ: އޭއެފްޕީ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 36000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 12 ދުވަސްތެރޭ ރާއްޖެއަށް ވަނީ 36001 ފަތުރުވެރިން ރާއްޖެއަށް އައިފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 67281 ފަތުރުވެރިންނަށްވުރެ 46.5 އިންސައްތަ ދަށް އަދަދެކެވެ.

މި މަހުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެޤައުމުން ރާއްޖެއަށް 9830 ފަތުރުވެރިން އައިސްފައިވާއިރު، ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އިންޑިއާއިންނެވެ. އެޤައުމުން މި މުއްދަތުގައި ރާއްޖެއަށް 4965 ފަތުރުވެރިން އައިސްފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ވަނީ 4195 ފަތުރުވެރިން އައިސްފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރުވަމުންދާއިރު، ރިސޯޓުތަކުން ކޮވިޑްގެ ކޭސްތައް ފެންނަމުންދާތީ އެކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.