Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

އަމީނިއްޔާ ސްކޫލުގެ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވްވެ، ބައެއް ޓީޗަރުން ކަރަންޓީނަށް

އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު ކޮވިޑު-19 އަށް މިއަދު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިރޭ ބުނީ އަމީނިއްޔާ ސްކޫލުން ކޮވިޑަށް ޕޮޒިޓިވްވީ ސްކޫލްގެ ގްރޭޑު 3ގެ ޓީޗަރެއް ކަމަށެވެ.

އަދި ޓީޗަރާއި ކްލޯސް ކޮންޓެކްޓްސްގެ ގޮތުގައި ދިމާވެފައިވާ އިތުރު ޓީޗަރުން މިހާރު ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ.

"ކަރަންޓީން ކުރެވުނު އިތުރު ޓީޗަރުންނާއި ދިމާވެފައިވަނީ ސްކޫލުން ބޭރުގައި. ސްކޫލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާތީވެ އެއްވެސް ދަރިވަރެއް ކޮންޓެކްޓްއެއްގެ ގޮތުގައި ނުބެލެވޭ" އެޗްއީއޯސީ އިން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.

އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު ޕޮޒިޓިވްވިއިރު މާލެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް މިވަނީ އިތުރުވާން ފަށާފައެވެ.