Last Updated: April 24, 11:19
Wednesday, April 24, 2024
ޚަބަރު

10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ބްރެޒިލް އިން ރާއްޖެ އައި އެގައުމުގެ މީހަކާއި ލެޓްވިއާގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މީގެތެރެއިން އެކަކީ މިދިޔަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެ އައި މީހެއް ކަމަށާއި އެއީ 23 އަހަރުގެ މީހެއް ކަމަށެވެ. ކަސްޓަމްސް އިން އެމީހާ ފާސްކުރީ އެމީހާގެ އަމަލުތައް ހުރި ގޮތުންނެވެ. އަދި އެމީހާގެ ލަގެޖުން 2.46 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ދެވަނަ މީހާ އަކީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ރާއްޖެ އައި މީހެކެވެ. އެމީހާވެސް ފާސްކުރީ އަމަލުތައް ހުރި ގޮތުން ކަމަށްވާއިރު އެމީހާ ވަނީ ހަށިގަނޑު ތެރެއަށް 66 ކެޕްސޫލް ފޮރުވައިގެން ރާއްޖެ އެތެރެ ކުރުމަށް މަސައްކަތް ކޮށްފައެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީ އަގު 10 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރާނެ ކަމަށެވެ.