Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

އިތުރު 59 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 ގެ ސާމްޕަލްތައް ޓެސްޓު ކުރަނީ - ފޮޓޯ: ރާއްޖެއެމްވީ

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 59 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 33 މީހުން ނިސްބަތްވަނީ ރިސޯޓުތަކަށް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،277 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 783 ކޭސް އެވެ. މި ބަލިން 13،438 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 55 މީހަކަށެވެ. މި ބަލީގައި 49 މީހަކު ވަނީ ނިޔާވެފައެވެ.