Last Updated: April 20, 17:12
Saturday, April 20, 2024
ޚަބަރު

ސަންގެލި ރިސޯޓުން 27 މުވައްޒަފަކު ޕޮޒިޓިވް ވެއްޖެ

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން އިތުރު 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ރާއްޖެއިން ޕޮޒިޓިވްވި 59 މީހުންގެ ތެރެއިން 27 މީހުންނަކީ އެ ރިސޯޓަށް ނިސްބަތްވާ މީހުން ކަމަށާއި އެ އެންމެންނަކީ ވެސް ސްޓާފުން ކަމަށެވެ.

އެ ރިސޯޓުން މި މަހުގެ ތިންވަނަ ދުވަހު ބިދޭސީ ސްޓާފެއް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ހެދުނު ޕީ.ސީ.އާރު ޓެސްޓް ޕޮސިޓިވްވުމުން މިކޭސް އާއި ގުޅިގެން 8 ކޮންޓެކްޓުން ކަރަންޓީންކުރެވުނު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އަދި މި މަހުގެ 11 ވަނަ ދުވަހު ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު 4 ސްޓާފުން ޕޮސިޓިވް ވެފައިވާ ކަމަށާއި އަދި ރެންޑަމް ސާމްޕްލިންގ އަށް ނެގުނު 98 ސާމްޕަލްގެ ތެރެއިން 19 ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން މިއަދު ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު 8 ސްޓާފުން ޕޮޒިޓިވް ވެފައިވާއިރު، މިރިސޯޓުން އެކު ޖުމްލަ 32 މީހުން ޕޮސިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.