Last Updated: January 15, 22:03
Friday, January 15, 2021
ޚަބަރު

އިމްތިޔާޒް އަލީގެ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ

އިންޑިިއާގެ މަޝްހޫރު ފިލްމް އުފައްދާ ފަރާތެއް ކަމަށްވާ އިމްތިޔާޒް އަލީ އާއި އޭނާގެ އަނބިމީހާ ޕްރިތީ އަދި ދަރިފުޅު އިދާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

އިމްތިޔާޒް އާއި ޕްރިތީ ކައިވެނީގެ ގޮތުން 1995ގައި ގުޅިފައިވީ ނަމަވެސް އެ ދެމީހުންގެ ގުޅުން ހީނަރުވެ ދެމީހުން ވަނީ 2012ން ފެށިގެން ދެތަންވެފައެވެ. އެއަށްފަހު އަނެއްކާ ވެސް ދެ މީހުންގެ ގުޅުން މި ދިޔަ އަހަރު ވަނީ ބަދަހިވާން ފަށާފައެވެ.

ޕްރިތީއާއި މެދު ކަންބޮޑުވާތީވެ އިމްތިޔާޒް ވަނީ މިދިޔަ އަހަރުގެ މާޗްމަހު އޭނާ ގާތަށް ދިރިއުޅުން ބަދަލު ކޮށްފައެވެ. އެއަށްފަހު 13 މާޗް 2020ގައި އެ ދެމަފިރިން ވަނީ އެމެރިކާގައި ކިޔަވަން ހުރި އެމީހުންގެ 20 އަހަރުގެ ދަރިފުޅު އިދާ ވެސް އިންޑިއާއަށް އަނބުރާ ގެނެސްފައެވެ.

އިމްތިޔާޒް އަލީ އެކޭ އެއްގޮތަށް ރިތިކް ރޯޝަން ވެސް ވަނީ އޭނާގެ ކުދިންނާއި އެކު އުޅެން ސުޒޭންގެ ގެއަށް ބަދަލު ވެފައެވެ.