Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ފޮޓޯއިން ފެންނަނީ ބޮލީވުޑްގެ ކޮން ދެ ތަރިންކަން އެނގޭތަ؟

މި ފޮޓޯއަށް ބަލައިގެން މިއީ ބޮލީވުޑްގެ ކޮން ދެތަރިންކަން ދެނެގަންނަން އެހާ ފަސޭހައެއް ނުވާނެއެވެ. އެހެން ނަމަވެސް ބޮލީވުޑްގައި ފިޔަޖަހަމުން މިއަދު އަންނަ މި ދެ ތަރިންނަކީ ސޯނަމް ކަޕޫރް އާއި ޖާންވީ ކަޕޫރްކަމަށް ބުނުމުން ނޭނގޭނެ މީހަކު ވަރަށް މަދުވާނެކަން ގައިމެވެ.

ފޮޓޯއިން ފެންނަން އެ އިނީ ސޯނަމް ޖާންވީ އުނގުގައި ބާއްވައިގެން އިން މަންޒަރެއް ދައްކުވައިދޭ ފޮޓޯއެކެވެ. މި ފޮޓޯއަކީ ސޯނަމްގެ އިންސްޓަގްރާމް ފޮލޯވަރުން އޭނާއާއި ޖާންވީ އެކުގައި ހުރި ފޮޓޯއެއް ޝެއަރ ކުރުމަށް އެދުމުން އޭނާ ޝެއަރ ކުރި ފޮޓޯއެކެވެ.

ސޯނަމް ކަޕޫރް

ޖާންވީ ކަޕޫރް

ސޯނަމް ކަޕޫރް އަކީ މަޝްހޫރު ފިލްމީ ތަރި އަނިލް ކަޕޫރްގެ ދަރިފުޅެކެވެ. އަދި ޖާންވީ ކަޕޫރް އަކީ 2018 ވަނަ އަހަރު މަރުވެފައިވާ ސްރީ ދޭވީގެ ދަރިފުޅެވެ. ޖާންވީ އަދި ސޯނަމް އަކީ ދެބެއިންގެ ދެދަރިންނެވެ.