Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ދެއްވަދޫ ކްލަސްޓާ: ގއ އަތޮޅު ފެރީން ދަތުރުކުރި ފަރާތްތައް ކަރަންޓީނުވާން އަންގައިފި

ގއ. އަތޮޅުގައި ދުއްވާ އަތޮޅު ފެރީ "ކޮއިމަލާ 4" އިން ދަތުރުކޮށްފައިވާ ފަރާތްތައް ކަރަންޓީނުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ "ކޮއިމަލާ 4" އިން ދަތުރުކުރުކޮށްފައިވާ ފަރާތެއްވާނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ސިއްޙީ ހިދުމަތްދޭ ތަނަކަށް އަންގައިދިނުމަށެވެ. އަދި އެފަރާތްތަކުން 23 ޖަނަވަރީ 2021 ވަންދެން ކަރަންޓީނުވެ ތިބުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އެޗްޕީއޭއިން ބުނީ އަތޮޅު ފެރީން ދަތުރު ކުރި ފަރާތްތައް ކަރަންޓީނުވާން އެންގީ ދާންދޫން ދެމީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ދާންދޫ އާއި ވިލިނގިލިން ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން މި ދެރަށް މިހާރު ވަނީ މޮނިޓަރިންނަށް ލާފައެެވެ.