Last Updated: March 28, 16:50
Thursday, March 28, 2024
ޚަބަރު

އަންނަ މަހުން ފެށިގެން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފަށަނީ

އަންނަ މަހުން ފެށިގެން ރައީސް އޮފީހުން ގަވާއިދުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެށުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުގެ އައު ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވަނީ މީޑިއާ އަދި އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ކަންކަން ހަރުދަނާ ކުރުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

މަބްރޫކް ވިދާޅުވީ އެ ބައްދަލުވުމުގައި އަންނަ މަހުން ފެށިގެން ގަވާއިދުން ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެށުމާއި ރައީސް އޮފީހުގެ ފަރާތުން ނޫސްވެރިން ބޭނުންވާނެ މައުލޫމާތުތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި މީޑިއާތަކުން ރައީސް އޮފީހަށް ހާއްސަކުރާ ނޫސްވެރިންގެ ޓީމް އުފެއްދުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަންނަ މަހުން ފެށިގެން ގަވާއިދުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެށުމަށް ނިންމާފައިވާއިރު، ރައީސް އޮފީހުން އެންމެފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.