ކޮވިޑް-19 ގެ ކޭސްތައް ފެނުމާ ގުޅިގެން މޮނިޓަރިންގެ ޙާލަތުގައިވާ ރަށްތަކުން އައްޑޫ ސިޓީ އަށް ދަތުރުކޮށްފައިވާ މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އައްޑޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަޙައްދު ފިޔަވައި މޮނިޓަރިންގ ގެ ޙާލަތުގައިވާ ރަށްތަކުން، ކަނޑުމަގުން އަދި ވައިގެ މަގުން ވިޔަސް، އައްޑޫ އަށް މި މަހުގެ އެއްވަނަ ދުވަހުގެ ފަހުން ދަތުރުކޮށްފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް އެރަށެއްގެ އެސް.އެސް.ޑީ އަށް އެންގުމަށް އެދޭ ކަމަށެވެ.
މިވަގުތު މޮނީޓަރިންގެ ހާލަތުގައިވާ ރަށްތަކަކީ ގއ.ދެއްވަދޫ، ލ.ގަން އަދި ލ.ފޮނަދޫ، ގއ.ވިލިނގިލީގެ އިތުރުން ގއ.ދާންދޫ އެވެ.
ކައުންސިލުން ބުނީ މިކަމަކީ ރާއްޖޭގެ ރަށްތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑްގެ ބަލިމަޑުކަމުން އައްޑޫގެ ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށެވެ.
އެސް.އެސް.ޑީ ގެ ނަމްބަރު
ހިތަދޫ އެސް.އެސް.ޑީ – 7789042
މަރަދޫ އެސް.އެސް.ޑީ – 7789043
މަރަދޫ ފޭދޫ އެސް.އެސް.ޑީ – 7789045
ފޭދޫ އެސް.އެސް.ޑީ – 7789044
ހުޅުދޫ އެސް.އެސް.ޑީ – 7789046
މީދޫ އެސް.އެސް.ޑީ – 7789041