Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ގަމާއި ފޮނަދޫން ނެގި 388 ސާމްޕަލް ނެގެޓިވް

ލ. ފޮނަދޫ އިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި އެ ރަށާއި އަދި ލ.ގަމުން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ މި މަހުގެ 12 ވަނަ ދުވަހު ގަމުން 263 ސާމްޕަލް އަދި ފޮނަދޫ އިން 125 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެގޮތުން އެ ހުރިހާ ސާމްޕަލްތަކެއް ވެސް ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ފޮނަދޫ އިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިވަގުތު ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ދެއްވަދޫން އެ ރަށަށް ދިޔަ ހަތަރު މީހެކެވެ.

އެ ހަތަރު މީހުން ޕޮޒިޓިވްވުމާ ގުޅިގެން ފޮނަދޫ އާއި ގަން މޮނީޓަރިން ހާލަތަށް ގެނައި ނަމަވެސް އެޗްޕީއޭ އިން މިހާރު ވަނީ އެ ދެ ރަށުގެ މޮނީޓަރިން ހާލަތު ވެސް އުވާލާފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 14,325 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 13،463 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 49 މީހަކު ވަނީ ނިޔާވެފައެވެ.