Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު ރައީސް އިބޫ

ދޮންބަންޑާރައިންގެ ޤުރުބާނީ ހަނދާންކޮށް ޤައުމީ ރޫހު އާލާކުރުން މުހިންމު: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ދޮންބަންޑާރައިންގެ ޤުރުބާނީ ހަނދާންކޯށް ޤައުމީ ރޫހު އާލާކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓްގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ ހުރަވީ ދުވަހުގެ ހެޔޮއެދުންތައް ރައްޔިތުންނަށް އަރިސްކުރާ ކަމަށެވެ. އަދި މި ދުވަސް ފާހަގަކުރާއިރު ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރައްވައި ދޮންބަނޑާރއިން ދިވެހި ޤައުމަށްޓަކައި ވެވައިގެންނެވި ޤުރުބާނީގެ ހަނދާން އައުކޮށް، ޤައުމީ ރޫޙު ދިރުވާ އާލާކުރުން މުހިއްމު ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

https://platform.twitter.com/widgets.js

ރާއްޖޭގައި ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖުމާދަލްއާޚިރާ މަހުގެ ތިންވަނަދުވަހެވެ. މި ދުވަސް ނިސްބަތްވެވަޑައިގަންނަވަނީ ހުރާ ދޮން ހަސަންމަނިކުފާނަށެވެ. މިދުވަސް ފާހަގަކުރެވެނީ ހިޖުރީ ގޮތުން 1166 ވަނަ އަހަރުގެ ޖުމާދިލްއާޚިރާ މަހުގެ ތިންވަނަ ދުވަހު، ދޮންބަންޑާރައިން އިސްވެހުންނަވައިގެން ހޮޅީންގެ ކިބައިން ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވި ހާދިސާއަށެވެ.