Last Updated: April 23, 17:50
Tuesday, April 23, 2024
މުނިފޫހިފިލުވުން

ދީޕިކާގެ ކެރިއަރުގައި މިއީ ފާހަގަ ކޮށްލެވޭ އަހަރަކަށް ވާނެ

ހިތްގައިމު އެކްޓިންގ ދައްކަމުން އަންނަ މަޝްހޫރު ބޮލީވުޑްގެ އެކްޓްރެސް ދީޕިކާ ޕަޑުކޯންގެ ކެރިއަރުގައި މި އަހަރަކީ ވަރަށް ފާހަގަ ކޮށްލެވޭ އަހަރަކަށް ވެގެންދާނެ އަހަރެއް ކަމުގައި ބެލެވެއެވެ.

ގިނަ ފިލްމްތަކެއް ކުޅުމަށް މިއަހަރު ސޮއި ކޮށްފައިވާ ދީޕިކާ ވަނީ ދާދީ ފަހުން ރިތިކް ރޯޝަން އާއިއެކު ކުޅޭ ފިލްމް "ފައިޓާ" ގެ ޚަބަރު ބެލުންތެރިންނަށް ދީފައެވެ. ދީޕިކާ މިހާރު ވެސް ދަނީ ޝަކުން ބަތްރާގެ އަދި ނަމެއް ހަމަޖައްސާފައި ނުވާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމްގައި ސިދާންތް ޗަތުރްވެދީ އަދި އަނަންޔާ ޕާންޑޭ ވެސް އުޅެއެވެ.

މީގެ އިތުރުން ޝާހްރުކްޚާން އާއިއެކު ފިލްމް "ޕަތަން" ގައި ވެސް ދީޕިކާ ވަނީ މަސައްކަތް ކޮށްފައެވެ. ދީޕިކާއާއި ޙަވާލާދީ އިންޑިއާގެ ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ހުރިހާ ފިލްމެއްގެ މަސައްކަތް މި އަހަރު ނުފެށުނު ކަމުގައި ވިޔަސް މަދު ވެގެން 2 ފިލްމްގެ ޝޫޓިންގ އަބަދުވެސް އޭނާ ކުރިޔަށް ގެންދާނެއެވެ.

މި އަހަރަކީ އޭނާއަށް ވަރަށް ބުރަ އަހަރެއްކަން ދީޕިކާއަށް އެނގޭތީ އަހަރު ފެށުމުގެ ކުރިން އޭނާ ވަނީ ޗުއްޓީއެއް ނަގާ އޭނާގެ މަންމަ އާއި ދައްތައަކާއިއެކު ބެންގަލޯރގައި ވަގުތު ހޭދަކޮށްފައެވެ.

ދީޕިކާގެ މަސައްކަތްތައް ބެލުމަށްޓަކައި އޭނާގެ ސަޕޯޓަރުން ދަނީ އިންތިޒާރު ކުރަމުންނެވެ.