Last Updated: April 26, 10:52
Friday, April 26, 2024
މުނިފޫހިފިލުވުން

ޖެނިފާ އެނިސްޓަންގެ އިންސްޓަގްރާމް ރެކޯޑް ރުބާޓް ގްރިންޓް މުގުރާލައިފި

އިންސްޓަގްރާމްގައި އާންމުންގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާ ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، ބައެއް މަޝްހޫރު ފިލްމީ ފަންނާނުން އިންސްޓަގްރާމަށް ވަންނަން ފެށީ ދާދި ފަހުންނެވެ.

އެގޮތުން މަޝްހޫރު ޓީވީ ސިލްސިލާ ފްރެންޑްސްގައި މަސައްކަތް ކުރާ ޖެނިފާ އެނިސްޓަން ސެލްފީއަކާއިއެކު އިންސްޓަގްރާމްއަށް ޖޮއިންކުރާ ވާހަކަ ބުނުމާއެކު އޭނާގެ ގިނަ ސަޕޯޓަރުންވަނީ އޭނާ ފޮލޯކޮށްފައެވެ. އެހެން ނަމަވެސް މި ދިޔަ އަހަރުގެ ނޮވެމްބަރުމަހު އިންސްޓަގްރާމަށް ޖޮއިންކުރި ހެރީޕޮޓަރ ފިލްމުން މަޝްހޫރު ވެގެންދިޔަ ރުޕާޓް ގްރިންޓް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިލިއަނަކަށްވުރެ ގިނަ ފޮލޯވަރުން ހަމަކޮށް ޖެނީފާއަށް ވުރެ ކުރިޔަށް ދެމިލާފައެވެ.

ރިޕޯޓްތައް ބުނާގޮތުން އިންސްޓަގްރާމްގައި ރުޕާޓް އެއްމިލިއަން ފޮލޯވާސް ހަމަކޮށްފައިވަނީ 4 ގަޑިއިރާއި 1 މިނިޓް ތެރޭގައެވެ. ރުޕާޓް އެންމެ ފުރަތަމަ ނޮވެމްބަރު 10 ވަނަ ދުވަހު ޕޯސްޓްކުރީ އޭނާގެ ދަރިފުޅާއިއެކު ނަގާފައިވާ ސެލްފީއެކެވެ. އޭނާ އޭގެ ފަހުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އިންސްޓަގްރާމަށް އޭނާ ޖޮއިންކުރާނެ ކަމަކަށް ޚުދު އޭނާ ވެސް ހީކޮށްފައިނުވާ ކަމަށެވެ. އެކަމަކު މިއޮތީ އެކަން ވެފައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މިހާރު އެންމެން ވެސް އިންތިޒާރު ކުރަމުންދަނީ ރުޕާޓްގެ ރެކޯޑް މުގުރާލާނެ ފަރާތަކަށެވެ.