Last Updated: April 26, 17:02
Friday, April 26, 2024
މުނިފޫހިފިލުވުން

އިންދްރަ ކުމާރްގެ ފިލްމް"ތޭންކް ގޯޑް" ގެ ޝޫޓިންގ ފަށަނީ

މަޝްހޫރު ބޮލީވުޑްގެ ޑައިރެކްޓަރެއް ކަމަށްވާ އިންދްރަ ކުމާރްގެ ފިލްމް "ތޭންކް ގޯޑް" ގެ ޝޫޓިންގ ޖަނަވަރީ 21 ވަނަ ދުވަހު ފެށުމަށް ތައްޔާރު ވެއްޖެއެވެ. އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ އަޖޭ ދޭވްގަން، ސިދާތް މަލްހޯތްރާ އަދި ރަކުލް ޕްރީތްއެވެ.

ހެއްވާ މަޖާ ފިލްމެއްގެ ގޮތުގައި ފާހަގަ ކުރެވޭ މި ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނެނީ ބޫޝަން ކުމާރު، ބްރިޝަން ކުމާރު، އަޝޯކް ތަކޭރިއާ، ސުނިލް ޚެތާޕަލް، ދީޕަކް މުކުތް، އާނަންދު ޕަންޑިތު އަދި އިންދްރަ ކުމާރުއެވެ. އަދި ކޯ ޕްރޮޑިއުސަރަކީ ޔަޝް ޝާހްއެވެ.

ބޫޝަން ކުމާރު ބުނެފައިވާ ގޮތުގައި މަޖާ ފިލްމް ކަމަށްވާ "މަސްތީ" އަދި "ދަމާލް" ފަދަ ފިލްމްތައް އުފައްދާފައިވާ ފަރާތެއް ކަމަށްވާ އިންދްރަ ކުމާރް އާއެކު މަސައްކަތް ކުރަން އޭނާ ހުރީ ވަރަށް ބޭނުންވެފައެވެ. އަދި އެ ފުރުސަތު ލިބުމުން އޭނާ ވަރަށް އުފާވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ރަކުލް އާއި ސިދާތް ވަނީ މީގެ ކުރިން ވެސް އެކުގައި މަސައްކަތް ކޮށްފައެވެ. 2018 ވަނަ އަހަރު ފިލްމް"އައްޔާރީ" އަދި 2019 ވަނަ އަހަރު ފިލްމް"މަރްޖާވާން" ގައި މި ދެތަރިން އެކުގައި ކޮށްފައިވާ މަސައްކަތަށް ބެލުންތެރިންގެ ސަޕޯޓްވަނީ އިންތިހާއަށް ލިބިފައެވެ.

އަޖޭ އާއި ރަކުލް ވެސް އެކުގައި މީގެ ކުރިން ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރެއިން 2019ވަނަ އަހަރު ނެރުނު ފިލްމް"ދޭ ދޭ ޕިޔާރް ދޭ" އަކީ ފާހަގަ ކޮށްލެވޭ ފިލްމެކެވެ.