Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މަހަށް ދިޔަ އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދާ މީހާ

ކ.މާފުށިން އެކަނި މަހަށް ފުރި އުމުރުން ދުވަސްވީ ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ 18 ފޫޓުގެ ރިޔަލު ދޯންޏެއްގައި މާފުށިން އެކަނި މަހަށް ފުރި 81 އަހަރުގެ ފިރިހެނެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް މާލެ އޭރިއާ އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އޭނާގެ ހަބަރެއް ނުވެގެން އުޅެނީ ފަތިހު 5:30 ހާއިރު ފުރި ގޮތަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު މެންދުރު 14:08 ހާއިރު އެވެ.