Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ކޮވިޑްގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 50 އަށް

ކޮވިޑް-19 ގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 50 އަށް އަރައިފިއެވެ.

އެޗްއީއޯސީން ބުނީ މިއަދު ހެނދުނު 10:14 ހާއިރު ނިޔާވެފައިވަނީ 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ.

ކޮވިޑަށް ރާއްޖެއިން މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، އެކްޓިވް ކޭސްގެ އަދަދު މިހާރު ވަނީ 1000 އިން މައްޗަށް އަރާފައެވެ. 13،000 އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި މިވަގުތު ފަރުވާ ދެމުން އަންނަނީ 79 މީހުންނަށެވެ.

ދުވާލެއްގެ މައްޗަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހަން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.