Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ގެއްލުނު އުމުރުން ދުވަސްވީ މީހާ ސަލާމަތުން ހުއްޓާ ފެނިއްޖެ

އުމުރުން ދުވަސްވީ މީހާ އެމްއެންޑީއެފް ލޯންޗުގައި - ފޮޓޯ: އެމްއެންޑީއެފް

ކ.މާފުށިން އެކަނި މަހަށް ފުރި އުމުރުން ދުވަސްވީ ފިރިހެނަކު ގެއްލިގެން ހޯދަމުންދަނިކޮށް ސަލާމަތުން ހުއްޓާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ 18 ފޫޓުގެ ރިޔަލު ދޯންޏެއްގައި މާފުށިން އެކަނި މަހަށް ފުރި 81 އަހަރުގެ ފިރިހެނެެކެވެ.

އެމްއެންޑީއެފުން ބުނީ އެމީހާ ފެނިފައިވަނީ ރަންނާޅީ ރިސޯޓުގެ އިރުމަތިން ކަމަށެވެ. އެގޮތުން ކޯސްޓްގާޑުގެ ލޯންޗަށް އެމީހާ ފެނިފައިވަނީ މިރޭ 6:26 ހާއިރު ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ކޯސްޓްގާޑުގެ ލޯންޗުގައި އެމީހާ މާފުއްޓަށް ގެންދިޔުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު ވަނީ ފަށާފައެވެ.

އެމީހާ ގެއްލުނު ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު މެންދުރު 14:08 ހާއިރު އެވެ.