Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ބްރިޓިޝް ލޯޔަލްޓީ ޑައިވްގެ މައި ހަރަކާތް ޖުލައި 26 ގައި

ބްރިޓިޝް ލޯޔަލްޓީ ޑައިވްގެ މައި ހަރަކާތް، މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ އައްޑޫ ސިޓީ ކައުންސިލާއެކު ނަލަފެހި މީދޫން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި، މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި، ބްރިޓިޝް ލޯޔަލްޓީ ރެކްގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތާ ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މައި ހަރަކާތް ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ އިތުރުން އެ ހަރަކާތް ބާއްވާނެ ގޮތުގެ ޕްލޭނާއި ތައްޔާރީތައް ފެށުމާއި، ހަރަކާތް އިންތިޒާމު ކުރުމާއި ޕްރޮމޯޓްކޮށް މާކެޓް ކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން، ކުރިން ބޭއްވި ހަރަކާތް ތަންފީޒުކުރަން ކުރި މަސައްކަތް ރިވިއުކޮށް، އެކަމުގައި ދިމާވި ގޮންޖެހުންތަކާއި މައްސަލަތައް ފާހަގަކޮށް، އެކަންކަން ހައްލު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގެ ދެ ފަރާތުން ވަނީ މަޝްވަރާކޮށްފައެވެ.

ބްރިޓިޝް ލޯޔަލްޓީ ރެކްގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ވަނީ ޑައިވިން ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތުގައި ބައިވެރިވުމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވެސް އައްޑޫ އަށް ވަޑައިގެންނެވިއެވެ.

އެގޮތުން މިނިސްޓަރު މައުސޫމް ވަނީ މިއަހަރުގެ ޓޫރިޒަމް ދުވަހުގެ މައި ހަރަކާތްތައް އައްޑޫގައި ކުރިއަށްގެންދާނެކަން އިއުލާން ކުރައްވާފައެވެ.