Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ޖަލުން މިންޖުކޮށް ޔާމީން ވެރިކަމަށް ގެންނާނަން: ގައްސާން

ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިންޖުކޮށް ރާއްޖޭގެ ވެރިކަމަށް އަލުން ގެންނަވާނެ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ގައްސާން މިހެން ވިދާޅުވީ ކްރިމިނަލް ކޯޓުން ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ދަމަހައްޓަން ހައިކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެންނެވެ.

އެގޮތުން ގައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީން އަށް ދެވޭ ނުހައްގު އަނިޔާ އަކުން، އެމަނިކުފާނުގެ އަދި ޕީޕީއެމްގެ ބިޔަ ލަޝްކަރުގެ ހިތްވަރު އަދި އަޒުމެއް ވެސް ގުޑުވާ ނުލެވޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ޖަލުން މިންޖުކޮށް އެމަނިކުފާނު 2023 ގައި އިންތިހާބުކޮށް، ވެރިކަމަށް ގެންނާނަން" ގައްސާން ވިދާޅުވިއެވެ.

ހައިކޯޓުން ޔާމީންގެ ހުކުމް ދެމެހެއްޓުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ނިންމާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1،000،000 ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއުފުލާ އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.