Last Updated: April 24, 11:01
Wednesday, April 24, 2024
ޚަބަރު

އެއް ރިސޯޓުން އަނެއް ރިސޯޓަށް ދާ ފަރާތްތައް ވެސް ކަރަންޓީނު ވާން ޖެހޭނެ

ޖޭއޭ މަނަފަރު ރިސޯޓު --

އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރާ ފަރާތްތަކުން 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ވާާން ޖެހޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީ އިން ކަނޑަައަޅައިފިއެވެ.

ކޮވިޑް 19 ގެ ކޭސްތައް އިތުރުވަމުން ދިއުމާއި ގުޅިގެން މި އުސޫލުގެ މަަތިން ގަވާއިދަށް ބަދަލު ގެނައީ މީގެ ކުރިން އޮތް ކަނޑައަޅާފައިވާ ގަވާއިދު ބަދަލުކުރުމަށްފަހުގައެވެ. މީގެ ކުރިން އެ މިނިސްޓްރީ އިން ވަނީ އެއް މެނޭޖްމެންޓެއްގެ ދަށުން ހިންގާ ރިސޯޓްތަކުގެ މުވައްޒަފުން އެ މެނޭޖްމެންޓް ގެ ދަށުން ހިންގާާ އެހެން ރިސޯޓްއަކަށް ދާނަމަ ކަރަންޓީން ވާން ނުޖެހޭ ކަމަށް އަންގާފައެވެ.

އެގޮތުން އެ މިނިސްޓްރީ އިން ވަނީ މި މަހުގެ 19 ވަަނަ ދުވަހުން ފެށިގެން މި އާ ގަވާއިދަށް އަމަލުކުރުމަށް އަންގާފައެވެ.

މީގެ އިތުރަށް ކޮންމެ މުވައްޒަފަކުވެސް ވަޒީފާއަށް ނިކުންނަން ޖެހޭނީ ކަރަންޓީންް މުއްދަތު ނިންްމުމަށްފަހު ނެގެޓިވް ޕީސީއާރްގެ ނަތީޖާ ލިބުމުންކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީ އިން ކަނޑައެޅި ގަވާއިދުގައިވެއެވެ.