Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު މަސްތުވާ ތަކެތި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކެއްގެ ދެ ބޮޑުން ހައްޔަރުކޮށްފި

ރާއްޖެއާއި މި ސަރަހައްދުގެ ގައުމުތަކަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކެއްގެ ދެ ބޮޑުން އިންޑިއާއިން ހައްޔަރުކޮށްފި އެވެ.

މި ދެ މީހުންނަކި ލަންކާއަށް ނިސްބަތްވާ ދެ މީހުން ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ހައްޔަރު ކޮށްފައިވާ ދެމީހުން ލަންކާއިން އިންޑިއާއަށް އައިސްފައިވަނީ ލަންކާއިން އެމީހުން ހޯދުމުގެ މަސައްކަތް ފެށުމުންނެވެ. މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި މީހުންނަކީ އިރާނާއި ޕާކިސްތާނުން ކަނޑުކަގުން އެތެރެކޮށް ބޭރުކުރާ މަސްތުވާތަކެތި ކޮންޓްރޯލް ކުރާ މީހުންނެވެ.

މި މީހުންގެ ނެޓްވޯކުގެ ލިންކްތައް ޕާކިސްތާން، އަފްޣާނިސްތާން، އިރާން، ލަންކާ، ރާއްޖެ އަދި އޮސްޓްރޭލިއާގައި އޮންނަކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

މި ދެމީހުންނާއި ގުޅުންހުރި ބޯޓެއް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިންޑިއާގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. އެގޮތުން އެ ބޯޓުން ހަތިޔާރާއި 96 ކިލޯގެ ހެރޮއިންގެ އިތުރުން 18 ކިލޯގެ މެތް ފެނިފައިވާކަމަށްވެސް ރިޕޯޓްތައްބުނެ އެވެ.