Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

މާލޭ ސިޓީ ކައުންސިލުން ހިލޭ ޔޯގާ ސެޝަންތަކެެއް ކުރިއަށްގެންދަނީ

ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރާއި ގުޅިގެން މާލޭ ސިޓީ ކައުންސިލް އިން އިސް ނަަގައިގެން މާލެގައި އެންމެންނަށް ވެސް ބައިވެރިވެވޭ ގޮތަށް މުޅިން ހިލޭ ޔޯގާ ސެޝަންތަކެއް ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި އެންމެންނަށް ވެސް ހިލޭ މި ސެޝަންތަކުގައި ބައިވެރިވެވޭނެ ކަމަށާއި އަދި ޖާގަ ހުރި ވަރަކުން އެންމެންނަށް ވެސް ފުރުސަތު ދޭނެ ކަމަށެވެ. ސެޝަން ތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސިޓީ ކައުންސިލަށް އެކަން އަންގައި، ސެޝަން ކުރިއަށްދާ ވަގުތަށް ޔޯގާ މެޓަކާއި ފެންފުޅިއެއް ހިފައިގެން ޕާކަށް ދިއުމަށް ވަނީ އެދިފައެވެ.

ކޮންމެ ހަފުތާއެއްގެ ވެސް ހޯމަދުވަހާއި، ބުދަ ދުވަހާއި، ހުކުރު ދުވަހު 06:00 އިން 07:00 ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލޮނު ޒިޔާރަތް ޕާކުގައި ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

އަދި މި ސެޝަންތައް ކުރިއަށްދާއިރު ޕްލާސްޓިކް ބޭނުން މަދުކުރުމުގެ ގޮތުން ޕްލާސްޓިކް ފެންފުޅިއާއި އޭނުނަސް އެފަދަ އެހެން ތަކެތި އެ ސަރަހައްދަށް ނުގެނައުމަށް ވެސް ވަނީ އަންގާފައެވެ.