Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

އަންހެނުންތަކަކާ ފޮށުނު ބިދޭސީއެއް ހައްޔަރުކޮށްފި

މާލޭގެ މަގުމަތީގައި އަންހެނުންނާއި ފޮށި މަގުމަތިން ހިނގާ މީހުންނަށް އުނދަގޫކުރަމުން ދިޔަ ބިދޭސީ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ބުނީ އަންހެންނުންނާއި ފޮށި, ޢާންމުންނަށް އުނދަގޫކުރަމުންދިޔަ ބަންގަލަދޭޝް ފިރިހެނަކު މިއަދު މެންދުރު ފަހު 13:05 ގައި ޑޮލަރު އޭޓީއެމް ކައިރިން ހައްޔަރުކޮށްފައިވާކަމަށެވެ.

އުުމުރުން 50 އަހަރުގެ މި މީހާ އަކީ އެ ސަރަހައްދުން ހިނގާ މީހުންނަށް އުނދަގޫކޮށް ފައިސާ ދޭން ބުނެ މީގެ އިތުރުން މަގުމަތިން ހިނގާ އަންހެނުނަށް ފުރައްސާރަކޮށް ފޮށޭ މީހެއްކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އާންމުންވަނީ މައުލޫމާތުދީފައެވެ.

މި މީހާގެ މައްސަލަ ފުލުހުން ދަނީ ތަޙުގީގުކުރަމުންނެވެ.