Last Updated: April 24, 11:39
Wednesday, April 24, 2024
ދުނިޔެ

ލެރީ ކިންގް މަރުވެއްޖެ

އެމެރިކާގެ ލެޖެންޑަރީ ޓީވީ ހޯސްޓް ލެރީ ކިންގް މަރުވެއްޖެއެވެ.

އުމުރުން 87 އަހަރުގައި ލެރީ ކިންގް މަރުވެފައިވަނީ ލޮސް އެންޖެލިސްގެ ސިޑާޒް ސިނައި މެޑިކަލް ސެންޓަރުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ދުވަސްތަކެއް ފަހުންނެވެ. އެގޮތުން ލެރީ ކިންގް ކޮވިޑް-19 އަށް ވެސް ޕޮޒިޓިވް ވިއިރު އޭނާ ގެންދިޔައީ ސިއްހީ އެހެން ގިނަ މައްސަލަތަކަށް ވެސް ފަރުވާ ހޯދަމުންނެވެ.

63 އަހަރު ވަންދެން ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކޮށްފައިވާ ލެރީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސީއެންއެންގައި މަސައްކަތްކޮށްފައެވެ. އެގޮތުން 25 އަހަރު ވަންދެން ސީއެންއެންގައި ކުރިއަށްގެންދިޔަ "ލެރީ ކިންގް ލައިވް" އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޓީވީ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ތެރެއިން ލެރީ ވަނީ ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކާއި އިންޓަވިއުކޮށްފައެވެ.

ޓީވީގެ އިތުރުން ލެރީ ވަނީ ރޭޑިއޯ އަދި ޑިޖިޓަލް މީޑިއާގައި މަސައްކަތްކޮށް، އެތައް އެވޯޑުތަކެއް ވެސް ހާސިލުކޮށްފައެވެ. ލެރީ އެންމެފަހުން ހޯސްޓް ކުރަމުން އައިސްފައިވަނީ ހުލޫ އަދި އޯރާ ޓީވީން ގެނެސްދޭ "ލެރީ ކިންގް ނައު" އަދި "ޕޮލިޓިކްކިންގް ވިތު ލެރީ ކިންގް" އެވެ.