Last Updated: June 19, 13:36
Thursday, June 19, 2025
ޚަބަރު

ޖެޓްސްކީ އެއްގައި ފުރި ދެ ދިވެއްސަކު ގެއްލިގެން ހޯދަނީ

ފުށިފަރު ރިސޯޓުން ޖެޓްސްކީ އެއްގައި ފުރި ދެ ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަރ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ އެ ދެ ދިވެހިންނަކީ ވެސް އެ ރިސޯޓުގެ މުވައްޒަފުން ކަމަށެވެ. އެއީ 29 އަހަރުގެ އަންހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުން ޖެޓްސްކީގައި ދިޔައިރު ތިބީ ލައިފް ޖެކެޓް ވެސް އަޅައިގެން ކަމަށް މައުލޫމާތު ލިބިފައިވާ އާޒިމް ވިދާޅުވިއެވެ.

"ގެއްލިގެން އުޅޭ ދެ މީހުންގެ ތެރެއިން އަންހެން މީހާ ފޯނެއް ގެންދިޔަ ކަމަށް އެމްއެންޑީއެފް ނޮދަން އޭރިއާ އުލިގަމު ޕޯސްޓް އަށް މައުލޫމާތު ލިބިފައިވޭ. ފޯނަށް ގުޅުމުން ރިންގްވި ނަމަވެސް ޖަވާބެއް އަދި ނުދޭ" އާޒިމް ވިދާޅުވިއެވެ.

އެމީހުން ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 19:04 ހާއިރުއެވެ.

އިތުރު ތަފްސީލް އަންނަނީ