Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

ނިލަންދޫއަށް "ހާއްސަ ހުއްދަ" އެއްގައި ދިޔަ މީހަކު ޕޮޒިޓިވްއްޖެ

ހާއްސަ ހުއްދައެއްގެ ދަށުން ފ. ނިލަންދޫއަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވީ މީހަކީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ފަރާތުން ހާއްސަ ހުއްދައެއްގެ ދަށުން އެރަށައް ސާވޭއަކަށް ދިޔަ މީހެކެވެ. އެމީހާއާއި އެކު އިތުރު ހަތަރު މީހަކު ވަނީ ރަށައް ގޮސްފައެވެ.

މި މީހާ ޕޮޒިޓިވްވުމާއި ގުޅިގެން އެރަށުގައި ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ފަށާފައިވާ އިރު މިހާތަނަށް 18 މީހަކު ވަނީ އެކަހެރި ކުރެވިފައެވެ.