Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ރާއްޖެޓީވީގެ ޕްރޮގްރާމަކަށް އުޅަނދުތައް ދިނުމަކީ އިޖްތިމާއީ ޚިދުމަތެއް: އެމްއެންޑީއެފް

މިއަހަރުގެ ރޯދަމަހު ރާއްޖެޓީވީ އިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ރިއަލިޓީ ޝޯއެއްގައ އެމްއެންޑީއެފްގެ އުޅަނދުތަކާއި އެކު ސިފައިންގެ މީހުން ހަރަކާތްތެރިވެފައި ވަނީ އިޖުތިމާއި ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމުގެ ގޮތުން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އެކި އެކި ފަރާތްތަކުން ހިންގާ ހަރަކާތްތަކުގައި ދިވެހި ސިފައިންގެ އެހީތެރިކަމަށް އެދުމުން، ސިފައިންގެ އޮޕަރޭޝަންތަކަށް ދަތިނުވާނެ ގޮތެެއްގެ މަތިން ޒަމާނުއްސުރެ ދީލަތި އެހީތެރިކަން ދަނީ ފޯރުކޮށްދެމުން ކަމަށެވެ.

މި ހިނގާ ޖެނުއަރީ މަހުގެ 09 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ޝޫޓްކުރި ރާއްޖެ ޓީވީގެ ޝޯ ގައި އެމް.އެން.ޑީ.އެފްގެ 06 އުޅަނދެއް ބޭނުންކުރިއިރު، އެ އުޅަނދުތަކުގެ ތެރޭގައި، ކޯސްޓްގާޑްގެ ލޭންޑިން ކްރާފްޓަކާއި، ރޭޑާ އުޅަނދަކާއި، އިންޑިއާއިން ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެތެރެއިން ހެލިކޮޕްޓަރެއް ހިމެނެއެވެ.
<a href="http://

https://platform.twitter.com/widgets.js">
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި އެމްއެންޑީއެފްގެ އުޅަނދުތަކެއް ބޭނުންކުރުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ނަމަވެސް އެމް.އެން.ޑީ.އެފްއަކީ ހިލޭ ސާބަހަށް މިފަދަ އެތަކެއް ކަމެއްގައި ބައިވެރިވެ މީގެ ކުރިން ވެސް މިފަދަ ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ އިދާރާއެކެވެ. އަދި އެމް.އެން.ޑީ.އެފް ގެ އޮޕަރޭޝަންސް ތަކާއި އެނޫންވެސް ތަފާތު އެކި ކަންކަން ހިނގާގޮތް ރައްޔިތުންނަށް މި ފަދަ ޕްރޮގްރާމްތަކުގެ ޒަރިއްޔާއިން އެ އިދާރާއިން ވަނީ ގެނެސްދެއްވާފައެވެ.
.