Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

މިސްކިތްތަކުގެ ހުރުމަތްކަނޑާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަން ގޮވާލައިފި

ޑރ.މުހައްމަދު ޝަހީމު އަލީ ސައީދު

މިސްކިތްތަކުގެ ހުރުމަތްކަނޑާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ގޮވާލައިފިއެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަހަކަށް އައިސް ބިދޭސީން މިސްކިތްތަކުގެ ޚުރުމަތްކަނޑަމުންދާތަން ފެންނަ ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދިނުމަށްޓަކައި ކަމާއި ބެހޭ އިދާރާތަކުން ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

"މިސްކިތްތަކުގެ ޙުރުމަތާއި ޤަދަރާއި މަތިވެރިކަން ދެމެހެއްޓުމަކީ ދައުލަތާއި މުޖުތަމަޢުގެ ޒިންމާއެެއް" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މިހެން ވިދާޅުވިއިރު ދާދިފަހުން ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަތް ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ހުޅުމާލޭގެ މިސްކިތެއްގެ ތެރެއިން ބިދޭސީއަކު ދާދިފަހުން ވަނީ އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ވެސް ދީފައެވެ. އެގޮތުން ހަމަލާދިން ބިދޭސީ މީހާ ޑީޕޯޓުކޮށްލަން ފުލުހުން މިހާރު ވަނީ ނިންމާފައެވެ.