Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އިތުރު 14 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި

ވޯޓު ފޮށި ބަންދުކޮށްފައި، ފޮޓޯ: އިބްރާހިމް އަބްދުﷲ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 14 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އެގޮތުން އެންމެފަހުން ނަން އަނބުރާ ގެންދިޔަ 14 ކެންޑިޑޭޓުންގެ ތެރެއިން ގިނައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެގޮތުން އެމްޑީޕީގެ 7 ކެންޑިޑޭޓުން ހިމެނެއެވެ. ޕީޕީއެމްގެ ދެ ކެންޑިޑޭޓަކު ވެސް ނަން އަނބުރާ ގެންގޮސްފައިވާއިރު ދެން ހިމެނެނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަށް ނިންމި ކެންޑިޑޭޓުންނެވެ.

އޭޕްރީލް 10 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޖުމްލަ 100 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

ނަން އަނބުރާ ގެންދިޔުމުގެ އެންމެފަހުގެ ތާރީހަކީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.

ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު" އިން ކަމަށް އީސީން ބުނެއެވެ.