Last Updated: April 19, 22:45
Friday, April 19, 2024
ވިޔަފާރި

މިއަހަރުގެ މިހާތަނަށް 81،000 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

ރާއްޖެ އައި ފަތުރުވެރިންތަކެއް - ފޮޓޯ: ވެލާނާ އެއާޕޯޓު

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 81,134 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 28 ދުވަހު އާންމުކޮށް ކޮންމެ ދުވަހަކު ވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އުޅުނީ 2000 އިން މަތީގައެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެެވެ. އެ ގޮތުން އެ ޤައުމުން 17،870 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ މީހުން ރާއްޖެއަށް ޒިޔާރަތްކުރި ގައުމަކީ އިންޑިއާއިންނެވެ. އެގޮތުން އެ ޤައުމުން 17،870 ފަތުރުވެރިން ރާއްޖެއައިސްފައިވެއެވެ. ލިސްޓުގެތިންވަނައިގައި ވަނީ ޔޫކްރެއިންނެވެ. އެ ޤައުމުން 6،263 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުސްވިއަހަަރަށް ވުރެ މިއަހަރު ރަނގަޅެވެ. އެގޮތުން ހުސްވު އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 155،325 ފަތުރުވެރިންނެވެ. އެހެން ކަމުން މިއަހަރު މިވަނީ ރަނގަޅު ބަދަލެއް ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައެވެ.

ކޮވިޑް 19 އަށް ފަހު ރާއްޖޭގޭ ފަތުރުވެރިކަން މިވަނީ ރަނގަޅުވެ ގިނަ ރިސޯޓްތަކުގެ އޮކިއުޕެންސީ މިވަނީ މަތިވެފައެވެ. އަދި ދުނިޔޭގެ މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ އެކި ހިސާބުތަކުން ރާއްޖެއަށް ދަތުރުކޮށްފައެވެ.