Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

އިންސާފު ހޯދަން އިދިކޮޅުން އިހުތިޖާޖު ކުރަނީ

އިދިކޮޅު އެއްވުމުގެ ތެރެއިން - ފޮޓޯ: ދިޔަރެސް

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި އިހުތިޖާޖެއް ފަށައިފިއެވެ.

ޕީޕީއެމް އޮފީސް ދޮރުމަތިން ފެށި މި އިހުތިޖާޖު ކުރިއަށްގެންދަނީ "އިންސާފު ކޮބާ؟" ގެ ނަމުގައެވެ. މިއިހުތިޖާޖުގައި ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލުމުގެ އިތުރުން އެހެނިހެން ބަައެއް ކަންކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވަމުންނެވެ.

އެގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ”އިންސާފު ކޮބާ“ މި ނަމުގައި މިއަދު މި ބާއްވާ އެއްވުމަކީ، ރައްޔިތުންގެ އެއްވުމެއް ކަމަށާއި، އެތައް ބައެއްގެ އިންސާފު އަދުގެ ސަރުކާރުން ނަަގާލާފައި ވާކަަމަށެވެ. އަދި ކޯވިޑް 19 ގެ ހާލަތުގައި އިސް ސަފުގައި ހަރަަކާތްތެރިވާ ފަރާތްތަކަށް ދޭންބުނި އެލެވެންސްވެސް ދީފައި ނުވާކަަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން އަދުގެ ސަރުކާރުން ފުލުހުން ލައްވާ ގާނޫނާއި ހިލާފިު އަމުރުތައް ތަންފީޒު ކުރަމުންދާ މަންޒަރު ފެނިގެން ދާކަަމަށްވެސް މެމްބަރު ޝިޔާމް ވަނީ ތުހުމަތު ކުރައްވާފައެވެ.

އިހުތިޖާޖުގެ ބައިވެރިން ތިބި ސަރަހައްދުގައި ފުލުހުންވަނީ ބެރިކޭޑް ޖަހައި އަދި ފުލުހުންގެ އެސް އޯ ޓީމެއް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މީގެ ކުރިންވެސް ފާއިތުވެ ދުވަސްތަކުގައި ކުރެވުނު އިހުތިޖާޖުތަކުގައި އިދިކޮޅު ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ ބަައެއް މެމްބަރުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުމަށްފަހު ނަސޭހަތްތެރިވެ ދޫކޮށްލާފައެވެ.