Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ޒުވާނުން ޑްރަގުން މިންޖުކޮށްދޭނަން: އުމަރު

ޒުވާނުން ޑްރަގުން މިންޖުކޮށްދެއްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވެފައިމިވަނީ ޒުވާނުން ޑްރަގުން މިންޖު ވާނީ ވެރިންގެ މަސްތު ފިލުމުން ކަމަށް ބުނެ ލިޔެފައިވާ ރިޕޯޓަކާ ގުޅިގެންނެވެ.

"އިރާދަކުރެއްވިއްޔާ، މި މައްސަލަ "ހައްލު" ކޮށްދޭނީ އަޅުގަނޑު" އުމަރު ވިދާޅުވިއެވެ.

އުމަރަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ފަރާތެކެވެ.

އެގޮތުން އުމަރު މީގެކުރިން ވަނީ މަސްތުވާ އެއްޗެތި އެތެރެކޮށް ވިއްކާ މީހުންގެ މޫތަށް ދައުލަތުގެ ވަރަށް ފުނަށް ފައިބާފައިވާ ކަމަށާއި އަދި އޭގެ ސަބަބުން ޤާނޫނު ތަކުގެ ބާރުކެޑިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މި މޫތަށް ކަނޑާލާ، ދައުލަތް ސަލާމަތް ކުރެވޭނީ ޤައުމަށް އިޚުލާސްތެރި، ހަރުދަނާ، އަޒުމް ވަރުގަދަ ވެރިކަމެއް ޤާއިމް ކުރެވިގެން ކަމަށް އުމަރު ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ އެދުވަސް ދިވެހިން ދެކޭނެ. މަސްތުވާ އެއްޗެތީގެ ނުރައްކަލުން އާއިލާތައް ސަލާމަތް ކުރެވިފައިވާ މުޖްތަމަޢެއް ދިވެހިން ދެކޭނެ" އުމަރު ވިދާޅުވިއެވެ.

އަދި މި ޤައުމު މަސްތުވާ އެއްޗެތިން ސަލާމަތް ކުރުމަށްޓަކައި ޕާޓީތައް ދޫކޮށްލުމަށްފަހު އޭނާއާއެކު ހިންގެވުމަށް އުމަރު ވަނީ ރައްޔިތުންނަށް މީގެކުރިން ވެސް އިލްތިމާސްކުރައްވާފައެވެ.