Last Updated: April 27, 10:53
Saturday, April 27, 2024
މުނިފޫހިފިލުވުން

"އަނިޔާ" ނޮވެމްބަރުގައި

މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަހުމަދު ނިމާލްގެ ފިރިހެން ދަރިފުޅު ޖުމައްޔިލް ނިމާލްގެ ފުރަތަމަ ފިލްމް "އަނިޔާ" އަންނަ މަހު ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

މަސައްކަތް ނިމިފައިވާތާ ގިނަ ދުވަސްތަކެއްވެފައިވާ މި ފިލްމް ނޮވެމްބަރުގައި އަޅުވަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް ހަމައެއް ނުޖައްސަ އެވެ.

"އަނިޔާ" ގެ ޕޯސްޓަރު ވެސް މިހާރު އާންމުކޮށްފައިވާ އިރު، މި ފިލްމްގެ ފުރަތަމަ ޓީޒާ ސޯޝަލް މީޑިއާތަކުގައި ވެސް އާންމުކޮށްފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ނިމްސް ފިލްމާއި ފަރިވާ ފިލްމްސް ގުޅިގެން އުފައްދާފައިވާ "އަނިޔާ" ޖުމައްޔިލްގެ އިތުރުން ނިއުމާ މުހައްމަދު، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އަދި ފާތިމަތު ފަރީލާ ވެސް މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ.

ނިމާލް ބުނީ އޭނާގެ އަމިއްލަ ވާހަކައަކަށް ތައްޔާރުކޮށްފައިވާ "އަނިޔާ" ގައި ކިޔައި ދޭނީ މައިންބަފައިން އަޅާ ނުލައި ބިކަކޮށްލުމުން ފިރިހެން ކުއްޖެއްގެ ހަޔާތަށް ދިމާވާ ހާދިސާތަކެއް ކަމަށެވެ.