Last Updated: March 28, 17:07
Thursday, March 28, 2024
ޚަބަރު

ކަރަންކާ ރަޝީދު އަވަހާރަވެއްޖެ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) އަވަހާރަވެއްޖެއެވެ.

އެމަނިކުފާނު އަވަހާރަވީ ގިނަދުވަސްތަކެއް އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ.

އެމަނިކުފާނަކީ ވަނީ ވަޒީރުލްއައުޒަމްގެ ނައިބު ކަމުގެ މަގާމާއި، މިނސްޓަރ އޮފް ހެލްތު ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމުގެ މަގާމުގެ އިތުރުން ސަރުކާރުގެ މަތީ ގިނަ މަގާމުތަކެއްގައި އުޅުއްވުމުގެ އިތުރަށް ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ވެސް ކޮށްދެއްވާފައެވެ.

އެގޮތުން ގަަވަރމަންޓް ހޮސްޕިޓަލް ހުޅުވުމާއި، އެއަަރޕޯޓް ބިނާކުރުމާއި، ދަތުރު ފަތުރުގެ ހިދުމަތުގެ އިތުުރުން އަތޮޅު ތަކުގައި ސިއްހީ މަރުކަޒުތައް ހުޅުވުމުގައި އިސް ސަފުގައި އެމަނިކުފާނު ވަނީ ހަރަކާތްތެެރިވެފައެވެ.

1942 ވަނަ އަހަރުން ފެށިގެން އިބްރާހިމް ރަޝީދު ވަނީ ދިވެހި ރާއްޖެއަށް އަގުހުރު މަސައްކަތް ތަަކެއް ކޮށްދެއްވާފއެވެ. އަދި މަރުހޫމް އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގެ ދުވަސްވަރު ރާއްޖެއަށް ބޮޑެތި ތަރައްގީތައް ގެންނަން އެމަނިކުފާނު ވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވާފައެވެ.