Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

މާމިގިލި ޕޮލިސް ސްޓޭޝަންގައި ހުރި ބަނގުރާ ނައްތާލައިފި

އދ. މާމިގިލި ޕޮލިސް ސްޓޭޝަން ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ މިއަދުގެ ވަގުތެއްގައި އދ. މާމިގިލީގައެވެ.

ފުލުހުން ބުނީ ނައްތާލި ތަކެތީގެ ތެރޭގައި ބަނގުރަލާއި ބިއަރު ދަޅު ހިމެނޭއިރު މި ތަކެއްޗަކީ 2020 އޮކްޓޯބަރު 11 ވަނަ ދުވަހުން ފެށިގެން 2021 ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް ވިލާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެތި ކަމަށެވެ.

އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 37 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 62 ފުޅިބަނގުރަލާއި 21 ދަޅު ބިޔަރެވެ.