Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ކުޅުދުއްފުށީގައި ކޯވިޑް ވެކްސިން ދޭން ފަށައިފި

ކުޅުދުއްފުށީގައި ވެކްސިން ޖަހަން ފެށުން - ފޮޓޯ: ކުޅުދުއްފުށި ޑޮޓްކޮމް

ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ގެ ވެކްސިން ދޭން ފަށައިފިއެވެ.

އުފަން ހިޔާ އިމާރާތުގައި ކުރިއަށްދާ ވެކްސިނޭޝަން ޕްރޮގްރާމްގައި އެންމެ ފުރަތަމަ ވެކްސިން ޖެއްސެވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ދާއޫދަށެވެ.

ކުޅުދުއްފުށީގައި މިއަދު ވެކްސިންދިނުމަށް ހަމަޖައްސާފައިވަނީ ޖުމްލަ 30 ފަރާތަކަށެވެ. އެގޮތުން ފުރަތަމަ ވެކްސިން ދޭން ހަމަޖެހިފައިވަނީ ހެލްތު ވޯކަރުންނަށާއި ނަރުހުންނަށާއި ލެބޯޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

ވެކްސިން ގެ 350 ޑޯޒް އެ ހޮސްޕިޓަލަށް ލިބިފައިވާއިރު މާދަމައިން ފެށިގެން ހޮސްޕިޓަލް ގެ އެހެނިހެން ސްޓާފުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

ކޮވިޝީލްޑް" ވެކްސިން މިވަނީ ރާއްޖޭގެ 3 ސަރަހައްދެއްގައި ދޭން ފަށާފައެވެ. އެއީ މާލެއާއި ކުޅުދުއްފުއްޓާއި އައްޑު ސިޓީގައެވެ،

އެގޮތުން އައްޑޫ ސިޓީ އިން ފުރަތަމަ ވެކްސިން ޖައްސަވާފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އެކްޓިން މެޑިކަލް ޑިރެކްޓަރ ޑރ. އަބްދުﷲ އަދްސަރް އަށެވެ. އޭގެއިތުރުން ޑރ. މުންޝިދް، ޑރ. ގުސްތާވޯ އަދި ޑރ. މަނީޝާ ވެކްސިން ޖައްސަވާފައިވެ އެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައިސް މުހައްމަދު ނަޝީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވެސް ވަނީ ވެކްސިން ޖައްސަވާފައެވެ. މީގެ އިތުރުން ދައުލަތުގެ އެކި އިސްމަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ވަނީ މިއަދު ވެކްސިން ޖަައްސަވާފައެވެ.