Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު ރިޔާސީ ބަޔާން

ރިޔާސީ ބަޔާން އިއްވުން މާދަމާ

ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ މާދަމާ އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ މާދަމާ ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީހުގައެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތިންވަނަ ރިޔާސީ ބަޔާނެވެ.

ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވާގޮތުގައި ރިޔާސީ ބަޔާން އިއްވާދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.

ޤާނޫނުއަސާސީގައި ވަނީ ގައުމުގެ ހާލަތު ‏‏ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ‏‏ހިމެނޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައެވެ.

މާލޭގައި ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުން އަންނައިރު މަޖިލީހުން ވަނީ ޖަލްސާއަށް ދައުވަތު ދެއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިކަނބަލުންނަށާއި ފިރިކަލުންނަށް ދެއްވާފައިވާ ދައުލަތު ކެންސަލް ކޮށްފައެވެ.