Last Updated: April 16, 09:20
Tuesday, April 16, 2024
ޚަބަރު

ކޯގަންނު ގަބުރުސްތާނަށް ގެއްލުންތަކެއް!

ކޯގަންނު ގަބުރުސްތާނުގެ މެދު ޒިޔާރަަތަށް ގެއްލުން ދީފައި. ފޮޓޯ/ ވީއޯއެމް

ސ. މީދޫ ކޯގަންނު ގަބުރުސްތާނުގައި ހުންނަ މެދު ޒިޔާރަތަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

މެދު ޒިޔާރަތަށް ދީފައިވާ ގެއްލުންތަކުގެ ތެރޭގައި އެތަނުގެ ފުރާޅުގައި ޖަހާފައިވާ އީޓުތަށް ތަޅާލައި ޒިޔާރަތުގެ ތެރޭގައި ހުރި އާސާރީ ލިއުންތައް ހިމެނޭ ބޮޑެތި މަހާނަ ގާތައް ވަނީ ތަޅާލާފަ އެވެ.

މީގެ ކުރިން ވެސް މީދޫ ކޯގަންނު ގަބުރުސްތާނުގައި އާސާރީ ލިއުންތައް ލިޔެފައި ހުރި މަހާނަ ގާތަކަށް އެކި ދުވަސްވަރު އެކި
މީހުން ބޮޑެތި ގެއްލުންދީ ވަރަށް ބޮޑަށް ހަލާކުކޮށްލާފައިވާކަން ފާހަގަ ކުރެވެ އެވެ.

ދާދި ފަހުން ބޮޑެތި ގެއްލުންތަކެއް ދީފައިވާ މެދުޒިޔާރަތަކީ ޔަމަނުގެ ސަންހާގެ ދަންނަ ބޭކަލެއް ކަމުގައިވާ ސުލައިމާނު ގާދިރުކަލޭގެ ފާނުގެ ސުވަރު ގާދިރު ކަލޭގެ ފާނުގެ އީސާގާދިރު ކަލޭގެ ފާނުގެ އައްޝެއިޚް ހާފިޒު ޔޫސުފުއްނާއިބްގެ އާއިލާ ފަސްދާނުލެވިފައިވާ ޒިޔާރަތެވެ.

މީދޫގެ ތާރީޚު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވީ ސުލައިމާނު ގާދިރުކަލޭގެ ފާނުންގެ އާއިލާއަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް އިސްލާމް ދީނުގެ މަތިވެރިހިދާޔަތް ދަސްކޮށް ދެއްވާ ދެކުނުގެ އަތޮޅުތަކުގެ މީހުން އިސްލާމް ދީނަށް ވެއްދި އާއިލާ އެވެ.

ޔަމަނުގެ ސަންހާގެ ސުލައިމާނު ގާދިރު ކަލޭގެފާނުންގެ މި އާއިލާ އަށް މީދުއަށް އާދެވިފައި ވަނީ އެ އާއިލާ ދަތުރު ކުރެއްވި ނާ ބެހިގެން ކަމަށް ވެސް މީދޫގައި ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ.