Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެސްޓީއޯ "ރަމަޟާން ބާޒާރު" ބޮޑެތި އިނާމުތަކާއި އެކު

ފޮޓޯ: އެސްޓީއޯ

އެސްޓީއޯ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން ފަށައިފިއެވެ.

އެސްޓީއޯއިން ބުނެފައިވަނީ، މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 11 ފެބްރުއަރީން 22 އޭޕްރީލްގެ ނިޔަލަށް ކަމަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެސްޓީއޯ ހޯމް އިމްރޫވްމަންޓުން ނަމަ 1000 ރުފިޔާއިން މަތީގެ ވިޔަފާރި ކުރުމުން އަދި އެސްޓީއޯ ސުޕަމާޓުން ނަމަ 500 ރުފިޔާގެ ވިޔަފާރި ކުރުމުންނެވެ.

އެއްވަނަ އިނާމުގެ ތެރޭގައި ހިމެނެނީ 55 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީ، ހިޓާޗީ ފްރިޖް ޓެކްނޯ ދޮންނަ މެޝިން، ފިލިޕްސް ސައުންޑް ބާގެ އިތުރުން ސެންފޯޑް އަވަން އެވެ. ދެވަނަ އިނާމަކަށް ހުށައަޅާފައިވަނީ 55 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީ، ހިޓާޗީ ފްރިޖްހިޓާޗީ ވެކިއުމް ކްލީނާގެ އިތުރުން ކުކަރެކެވެ. ތިންވަނަ އިނާމަކަށް ހުށައަޅާފައިވަނީ އޭއޯސީ 43 އިންޗީގެ ސްމާޓް ޓީވީ، ހިޓާޗީ ދޮންނަ މެޝިންގެ އިތުރުން ހިޓާޗީ ވެކިއުމް ކްލީނާ އެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގައި ހިޓާޗީން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ނިޕޯން ކުލައިން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް އަދި ޓީވީން 15 ޕަސެންޓާ ހަމައަށް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ލިބޭނެ ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

އެސްޓީއޯއިން ބުނެފައިވަނީ، "ރަމަޟާން ބާޒާރު"އަށް ފަހު މަކީޓާ ޕްރޮމޯޝަން މާޗު މަހު ފެށޭނެކަމަށެވެ.