Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އީސީއަށް ޒާހިރު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ޑރ. މުހައްމަދު ޒާހިރު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޑރ.ޒާހިރު، އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 39 މެންބަރުންގެ ތެރެއިން 37 މެންބަރުންގެ ވޯޓުންނެވެ.

ލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އަކްރަމް ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އެ ކޮމިޝަނުން ވަކިކުރަން ނިންމުމުންނެވެ.

ޑރ. މުހައްމަދު ޒާހިރަކީ، ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކޮށްފައިވާ ބޭފުޅެކެވެ.