Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ގަސް ހައްދަން ވިލިމާލެއިން 30 ބިން ދޫކުރަނީ

ވިލިމާލޭގައި ގަސް އިންދުމަށް ހާއްސަކޮށްގެން 30 ބިމެއް ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މަހު ކުލީގެ ގޮތުގައި ކޮންމެ މަހަކު 1000 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ދޫކުރަނީ، ގަސް ހެއްދުމަށް ކަނޑައެޅިފައިވާ ބިމުން 400 އަކަފޫޓުގެ 30 ޕްލޮޓު ކަމަށްވެސް މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ވަނީ ބުނެފައެވެ.

މީގެއިތުރުން، ބިން ލިބޭ ފަރާތްތަކުން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ކޮންމެ އަހަރަކު 150ރ. ކައުންސިލަށް ދައްކަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އެގޮތުން ބިންތަކަށް އެދުމަށް ހާއްސަ ޕޯޓަލެއް ހަދާފައިވާއިރު، ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 25 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

ޕްލޮޓަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ހޮވުމުގައި 30 ފަރާތަށްވުރެ އިތުރުވާނަމަ ޕްލޮޓްތަކަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ އެދޭފަރާތްތަކުގެ މެދުގައި ގުރުލައަތު ލައިގެން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.