Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ލަންކާގެ ޔުނިވަރސިޓީއަކުން 1 ވަނަ އައްޑޫ ދަރިވަރަކު!

ސްރީލަންކާގެ އަސްކަރީ ޔުނިވަރސިޓީއެއްކަމަށްވާ ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ އެމް.ބީ.ބީ.އެސް ޕްރޮގްރާމުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމު އައްޑޫ ދަރިވަރަކު ޙާސިލުކޮށްފިއެވެ.

އައްޑޫ ސިޓީ ހިތަދޫ، ހޭޅި، ޑރ.އާމިނަތު ޒަހާ ޒުހައިރު ވަނީ، ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ އެމް.ބީ.ބީ.އެސް މުޅި މެޑިކަލް ޕްރޮގްރާމުން 3 ދާއިރާއަކުން މުޅި ޔުނިވަރސިޓީން އެއްވަނަ ޙާސިލުކޮށްފައެވެ.

ޑރ. ޒަހާ ހޯދި ކާމިޔާބީއަކީ ފުރަތަމަ ފަހަރަށް ދިވެހި ދަރިވަރަކު އެ ޔުނިވަރސިޓީ އިން އަދި ސްރީލަންކާގެ ތަޢުލީމީ މުއައްސަސާއަކުންވެސް ހޯދި އެންމެ މަތީ ޝަރަފެވެ.

މިއީ ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ މިފަދަ ޝަރަފެއް ސްރީ ލަންކާއިން ބޭރު ޤައުމެއްގެ ދަރިވަރަކު ހޯދި ފުރަތަމަ ފަހަރުވެސްމެއެވެ.

މިއީ މިފަދަ ޝަރަފުވެރި ވަނައެއް ދިވެހި ދަރިވަރަކަށް ލިބިގެން ސްރީލަންކާގެ ރައިސެއްގެ އަތްޕުޅުން އިނާމު ލިބިގެންދިޔަވެސް ފުރަތަމަ ފަހަރެވެ.

ޑރ. ޒަހާއަށް މެޑެލް ހަވާލުކޮށްދެއްވާފައިވަނީ ލަންކާގެ ރައީސް ގޮތެބަތަޔަ ރާޖަޕަކްސާއެވެ.