Last Updated: March 28, 14:17
Thursday, March 28, 2024
މުނިފޫހިފިލުވުން

އެޑްމިޓުކޮށްފައި އޮތް ބަލި މީހެއްގެ ސިފަޔަށް އެޅި ކޭކަކަށް އެތައް ބައެއްގެ ސަމާލުކަން

މިދުވަސްވަރު ކޭކް އަޅަނީ އެމީހަކު ބޭނުންވާ ޑިޒައިނަކަށެވެ. ކޭކް އަޅަން ވަކި ހާއްސަ ޑިޒައިނެއް ނޯވެއެވެ. އަރައި ފައިވާނުން ފެށިގެން އޮޅުކޮށްގެން ގެންގުޅެނީ ޖަނަވާރުގެ ސިފަޔަށްވެސް މިހާރު ކޭކެއް އެޅިދާނެއެވެ. މިދުވަސްކޮޅު މީސްމީޑިއާގައި އެންމެ ހިނގާ އެއް ވައްތަރުގެ ކޭކަކީ ހަގީގަތާއި އެއްގޮތް ޑިޒައިނަށް އަޅައި ކޭކެވެ.

ހުނަރުވެރިކަމަކީ ކޭކް އަޅާއިރު ވަރަށް މުހިންމު ރޯލެއް ކުޅޭ އެއްޗެކެވެ. މީސްމީޑިއާގެ އެހީގައި މީހަކު ކޭކް އަޅައި މީހުންނަށް އެމީހުންގެ ހުނަރުވެރިކަން ފަސޭހައިން އެތައް ބަޔަކަށް ދައްކައިލެވޭނެއެވެ. ބައެއް ފަހަރު މީސްމީޑިއާގައި މީހުން ހިއްސާ ކުރާ ކޭކް ފޮޓޯތަކުން އަޖައިބުވެ އަންތަރީސް ވާވަރުވެއެވެ.

މިދެދުވަހު އެންމެންގެ ސަމާލުކަން ހުއްޓުނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް ބަލިމީހެއްގެ ސިފައިގެ ކޭކެއްގެ ފޮޓޯތައް ފެނުމުންނެވެ. އެ ކޭކަށް ބަލައިލުމުން ހީވަނީ އެއީ ހަމަ އަސްލުވެސް އެއީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިއޮތް އިންސާނެއް ހެންނެވެ. އެހެންނަމަވެސް އެއީ ކޭކެވެ.

އެ ފޮޓޯ އިން ފެނިގެންދަނީ ހޮސްޕިޓަލު އެނދެއްގައި އެޑްމިޓް ކޮށްފައި އޮތް ބަލި މީހެކެވެ. އެ އެނދު ކައިރީގައި ހުރި އަންހެން މީހާގެ އަތުގައި ތަށްޓެއް އިނެވެ. އެ ތަށި ތެރޭގައި ކޭކް ފޮތިތަކެއް ހުއްޓެވެ. އެމީހާގެ ފައިން އެއީ އަސްލު އިންސާނެއް ނޫން ކަން އެނގެއެވެ. ފައި ހުރީ ފޮތި ފޮއްޗަށް ކޮށައިފައެވެ. އެ ކޮށާފައި ހުރި ފޮތިތަކުން އެއީ ކޭކެއްގެ ބައެއްކަން އެނގެއެވެ.