Last Updated: April 24, 12:56
Wednesday, April 24, 2024
ކުޅިވަރު

ފާނަންޑޭސްގެ ދެ ގޯލުން ޔުނައިޓެޑަށް ބޮޑު މޮޅެއް

ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުގެ ފުރަތަމަ ލެގުގައި ރޭ ރެއާލް ސޮސިއެޑާޑްގެ މައްޗަށް 4-0 އިން މެންޗެސްޓަރ ޔުނައިޓެޑް ކުރި ހޯދައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ރޭގެ މެޗު ކުޅުނީ އިޓަލީގައި ކަމަށްވާއިރު މި މެޗުގައި ޔުނައިޓެޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 27 ވަނަ މިނެޓްގައި ބްރޫނޯ ފާނަންޑޭސް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ދެވަނަ ގޯލު މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ފާނަންޑޭސް އެވެ.

ޔުނައިޓެޑްގެ ތިންވަނަ ގޯލު މެޗުގެ 64 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެނިއަލް ޖޭމްސްއެވެ.

މިއީ ޔޫރޮޕާ ލީގުގައި ރަށުން ބޭރުގައި ކުޅެ އިނގިރޭސި ޓީމަކުން ސްޕެއިންގެ ޓީމެއްގެ މައްޗަށް ހޯދި އެންމެ ބޮޑު މޮޅުކަން ފާހަގަކޮށްލެވެއެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމް އިން ވަނީ 4-1 އިން ވުލްވްސްބާގާގެ މައްޗަށް ކުރި ހޯދާފައެވެ. އާސެނަލް އާއި ބެންފީކާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ގްރެނާޑާ އިން ވަނީ 2-0 އިން ނަޕޯލީ ބަލިކޮށްފައެވެ.