Last Updated: April 25, 22:42
Thursday, April 25, 2024
ސިއްހަތު

ކަންފަތުގައި ރިއްސާނަމަ މިކަންކަން ކޮށްލާ!

A young woman touching her painful ear

ކަންފަތުގައި ރިއްސުމަކީ އާއްމުކޮށް މީހުންނަށް ދިމާވާ ކަމަކަށް ނުވި ނަމަވެސް، އެ ވޭން ތަހައްމަލު ކުރާ ބައެއް މީހުންވެސް އުޅެއެވެ. ކަންފަތުގެ ރިހުމަކީ އެހެން ގުނަވަންތަކުގައި ރިއްސާއި ރިއްސުމަށްވުރެ ރިހުން ގަދަ އަދި ވޭން ގަދަ ރިހުމެކެވެ. އެގޮތުން ކަންފަތުގައި ރިހުމަކީ ބައެއް ފަހަރު ކާއެއްޗެހި ހެފުމާއި ނިދުމާއި އަދި އާއްމު ދިރިއުޅުމުގެ ބައެއް ކަންކަން ކުރާއިރު އުނދަގޫ ތަކާއި ކުރިމަތި ވާ ކަމެކެވެ. މީގެ އިތުރުން ކަންފަތުގައި ރިހުމަކީ މަސައްކަތް ކުރަން ފޫހިވެ މީހުންނާއި ވާހަކަދައްކަން ވެސް ފޫހިވާ ކަމެކެވެ.

ކަންފަތުގެ ރިހެން މެދުވެރިވާ ސަބަބަކަށް ބައެއް ފަހަރު ކަންފަތް ތެރޭގައި ނުވަތަ ބޭރު ކައިރި ޖަރާސީމު އުފެދުން ހިމެނެއެވެ. މީގެ އިތުރުން ބައެއް ފަހަރު ހަންގަނޑު މައްސަލަތަކުގެ ސަބަބުންނާއި ކަންފަތަށް ފެން އެޅުމާއި އެލާރޖިކް ވުމުންވެސް ކަންފަތުގައި ރިހުމަށް މެދުވެރިވެރިއެވެ. ކޮވިޑް 19 ހަލުވިކަމާއިއެކު ފެތުރެމުން މިދާ ދުވަސްކޮޅުގައި ކަންފަތުގައި ރިހުން ފަދަ އާދައިގެ ކުދި ކަންކަމުގައި ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކަން ބައެއް މީހުން ބޭނުމެއް ނުވާނެއެވެ. ކަންފަތުގައި ރިއްސާތީ ގޮތް ހުސްވެފައި ތިބި މީހުންނަށް ފަސޭހައިން ކަންފަތުގެ ރިހުމަށް ގޭތެރެއިން ލުއި ހޯދާނެ ގޮތްތަކެއް އެބަހުއްޓެވެ.

ލޮނުމެދު

ލޮނުމެދުގައި ހިމެނޭ އެންޓި ބެކްޓީރިއަލް މާއްދާގެ ސަބަބުން ޖަރާސީމު އުފެދުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދައިދޭނެއެވެ. އެހެންނަމަވެސް ލޮނުމެދަކީ އެންޓިބަޔޮޓިކްގެ ބަދަލުގައި ބޭނުން ކުރެވިދާނެ ފަރުވާއެއް ނޫނެވެ. އެހެންނަމަވެސް އަވަހަށް ކަންފަތުގެ ރިހުން ފަދަ ރިހުންތަކަށް ލުއި ހޯދުމަށް ލޮނުމެދު ބޭނުން ކުރެވިދާނެއެވެ. އެގޮތުން ކަންފަތުގައި ރިއްސާނަމަ ރޯ ލޮނުމެދެއް ފަޅިކޮށްލާފައި އެއްބައި ހަފައިލާށެވެ. މީގެ އިތުރުން މަސްޓަޑް އޮއިލް ތެރެއަށް ލޮނުމެދު އެޅުމަށްފަހު ކުޑަކޮށް ކައްކާލާފައި ލޮނުމެދު ތެޔޮ ކޮޅެއް ތައްޔާރު ކޮށްލާށެވެ. އެއަށްފަހު ކަންފަތަށް އެ ތެޔޮ ކޮޅުން ކަންފަތަށް ދެތިން ތިކި ޖަހާށެވެ. އޭރުން ރިހުން އަވަހަށް މަޑުވާނެއެވެ.

އިނގުރު

އިނގުރަކީ އޭގައި އެންޓި ބެކްޓީރިއަލް އަދި އެންޓި ފްލެމެންޓްރީގެ ބައި ވަރަށް ބޮޑަށް ހިމެނޭ ބާވަތަކެވެ. އެގޮތުން ކަންފަތުގައި ރިއްސާނަމަ އިނގުރު ދިޔަ ފެލުމަށްފަހު އެ ދިޔަ ކަންފަތް ބޭރު ކައިރީގައި ހޭކިދާނެއެވެ. މީގެ އިތުރުން މަސްޓަޑް ތެޔޮ ތެރެއަށް އިނގުރު ކުދި ކޮށް ކޮށާފައި އެޅައިގެން އެ ކެއްކުމަށްފަހު އިނގުރު ތެޔޮވެސް ތައްޔާރު ކުރެވިދާނެއެވެ. އަދި އެއަށްފަހު ކަންފަތަށް އިނގުރު ތެޔޮ ދެތިން ތިކި ޖެހިދާނެއެވެ. އޭރުންވެސް ކަންފަތުގެ ރިހުން އަވަހަށް މަޑުވާނެއެވެ.

އޮލިވްއޮއިލް

އޮލިވް އޮއިލަކީ ހަށިގަނޑުގެ ބައެއް ތަންތަނުގައި ރިއްސާނަމަ ރިހުން މަޑުކުރަން ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން އޮލިވްއޮއިލް ކުޑަކޮށް ހޫނުކޮށްލަފައި ކަންފަތަށް އޭގެ ތިކި ޖެހިދާނެއެވެ. އޭރުންވެސް ފަސޭހައިން ކަންފަތުގެ ރިހުމަށް ލުއި ލިބޭނެއެވެ.